logoEN
cocacola
ހުޅުމާލޭގެ ގަރާޖެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ހުޅުމާލޭގެ ގަރާޖެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

9/1/2024, 5:28:58 PM

# މޯލްޑިވްސް އިމިގްރޭޝަން

--

ހުޅުމާލޭގެ ގަރާޖެއް ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ގޮސިޔާ

އިމިގްރޭޝަން މިރޭ ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ތަނެއް ކަމަށް މީސްމީޑިއާގައި ހިއްސާކޮށްފައިވާ ކަންބޮޑުވުމާއި ގުޅިގެން ހުޅުމާލޭގައި ހުންނަ ގަރާޖެއް އިއްޔެ ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ.

އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ދެމީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީއިން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ