logoEN
cocacola
ޕެނަލްޓީގައި މުކުރިމަގު ބަލިކޮށް ތުނޑި އެފްސީ ޗެންޕިއަންކަން ހޯދައިފި

ޕެނަލްޓީގައި މުކުރިމަގު ބަލިކޮށް ތުނޑި އެފްސީ ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

7/22/2024, 3:42:31 PM

# ފުޓްބޯޅަ

ތުނޑީ އެފްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ފޭސްބުކް

އުރީދޫ ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މުކުރިމަގާއި ތުނޑި އެފްސީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ ތުނޑި އެފްސީ، މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

ތުނޑި އެފްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖައަކުން މަތިމަރަދޫ ބަލިކުރުމަށްފަހުއެވެ. އަދި މުކުރިމަގު ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި އިސްދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު 1-1 ގެ ނަތީޖާއަކުން ދެޓީމް އެެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ތުނޑި އެފްސީ އިންނެވެ. މިލަނޑަކީ މުކުރިމަގުގެ އީސާ އަލީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މުކުރިމަގުގެ އަހުމަދު ރާހިލް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މީގެ އިތުރުންވެސް މިމެޗުގައި ދެޓިމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ތުނޑި އެފްސީގެ ފަސް ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، މުކުރިމަގުގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-4 ގެ ނަތީޖާއަކުން ތުނޑި އެފްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުކުރިމަގު އަހުމަދު ރާހިލް އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ތުނޑި އެފްސީގެ އަހުމަދު ރަމީޒު އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ފޮނަދޫ ޓީމްގެ އިސްމާއީލް އަފާޒު އެވެ. އެންމެ ގިނަ ލަނޑު ޖެހީ މުކުރިމަގުގެ އިބްރާހީމް ވަހީދު ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ގައުމީ ޓީމްގެ މިޑްފީލްޑަރ އިބްރާހީމް ވަހީދު ހަސަން އެވެ. އެންމެ މޮޅު ކޯޗަކީ މުކުރިމަގުގެ އިބްރާހީމް ރަޝީދު އެވެ.

11 ޖުލައި 2024 އިން 21 ޖުލައި 2024 އަށް ލ.ގަމުގައި ކުރިއަށް ގެންދިޔަ މިއަހަރުގެ އުރީދޫ ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގައި ޖުމްލަ ނުވަ ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ނުވަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ