
ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!
# ގދ.ގައްދޫ# ގދ.ތިނަދޫ# ރޭޕްގދ. ގައްދޫގައި ޒުވާން އަންހެކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓްކޯޓަށް އޭނާ ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ގާފު އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާއާއި ރޭޕްކުރި ފިރިހެން މީހާއަކީ ގދ. ތިނަދޫއަށް ނިސްބަތްވާ ދެމީހުންނެވެ. އެއް އޮފީހެއްގައި މަސައްކަތްކުރާ އެދެމީހުން ގައްދޫއަށް ކުރި ދަތުރަކީ އޮފީސް ދަތުރެެއް ކަމަށް މައުލޫމާތުލިބެއެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ގުޅުންހުރި

މިރޭގެ އިޙްޔާ ފޯރަމް ގދ. ގައްދޫގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާން!

މެޗުގެ އެންމެ ފަހުވަގުތު ފިޔޯރީ ރޮއްވާލުމަށްފަހު ގައްދޫ ސެމީފައިނަލުން ޖާގަހޯދައިފި

ގައްދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި
