logoEN
cocacola
ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39,000 އަށްވުރެ މައްޗަށް!

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 39,000 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

7/22/2024, 1:22:03 PM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަަދަދު 39,000 އަށްވުރެ މައްޗަށް ގޮސްފި އެވެ.

ގޮސިޔާ

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 39,006 އަށް މިހާރު އަރާފައި އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 89,818 އަރާފައި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިވަނީ 23 އަށް ވުރެ މައްޗަށް އަރާފައި އެވެ. އަދި މިއަދުގެ މިހާތަނަށް ޣައްޒާއިން އިތުރު 45 މީހަކު ޝަހީދުވެފައިވާއިރު ޖުމުލަ އަދަދު 39,050 އާއި ގާތްކުރާނެ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު މިހާރު ވަނީ 16,000 އާއި ގާތްކޮށްފައެވެ.

7 އޮކްޓޯަބަރުގައި ޔަހޫދީން ޣައްޒާއާއި ދެކޮޅަށް ފެށި ހަނގުރާމައާއި އެކު ހަނގުރާމަ ހުއްޓާލުމަށް ބައިނަލަގްވާމީ މުޖުތަމައުއެއް ގޮވާލަމުން ދާ ގޮވާލުމަށް ޔަހޫދީން ދެމުން އަންނަނީ ބީރު ކަންފަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ