logoEN
cocacola
ނުސީރަތަށް މިއަދު ދެވަނަ ފަހަރަށް ބޮން އަޅައި 2 އަންހެނަކާއި 2 ކުޑަކުދިން ޝަހީދުކޮށްލައިފި

ނުސީރަތަށް މިއަދު ދެވަނަ ފަހަރަށް ބޮން އަޅައި 2 އަންހެނަކާއި 2 ކުޑަކުދިން ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

9/7/2024, 3:06:29 PM

# ޣައްޒާ

ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީ އިޒްރޭލުން މިއަދު ދެވަނަ ހަމަލާއެއްދީ އިތުރު ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ޔަހޫދީން މިއަދު ހެނދުނު ނޫސީރަތަށް ދިން ފުރަތަމަ ހަމަލާއާއި ގުޅިގެން މިހާތަނަށް 8 މީހަކު ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ހެނދުނު ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކީ ހަމަ މިއަދު ބުރެއިޖް ރެފިއުޖީ ކޭމްޕަށް ޔަހޫދީން ހަމަލާދިނުމަށް ބޭނުންކުރަމުން ދިޔަ އުޅަނދުތަކުން ދިން ހަމަލާއެއްކަން ވެސް ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިއަދު ހަވީރު ޔަހޫދީން އެކޭމްޕަށް ދިން ދެވަނަ ހަމަލާގައި 4 މީހަކު ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަށް ނިސްބަތްވާ 2 އަންހެނުންނާއި 2 ކުޑަކުދިންކަމަށްވެސް އަންނަނީ ރިޕޯޓުކުރަމުންނެވެ.

ނުސީރަތު އަވަށުގެ ހުޅަނގުގައި ދިން މި ހަމަލާގައި ވެސް ގިނަ ބަޔަކަށް ޒަހަމަވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނުސީރަތަކީ ޔަހޫދީންގެ ހަމަލާތައް މީގެ ކުރިންވެސް އެންމެ ބޮޑަށް އަމާޒުވި އެއް ސަރަހައްދެވެ. ޔަހޫދީން ތުހުމަތުކުރާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ގިނައިން ހަރަކާތްތެރިވަމުންދަނީ ނުސީރަތުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ