logoEN
cocacola
ފާއިތުވި 48 ގަޑިއިރު ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް!

ފާއިތުވި 48 ގަޑިއިރު ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

9/7/2024, 3:13:10 PM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި 60 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ޔަހޫދީން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ވަނީ 61 މީހަކު ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލާފައި އޮންނަތާ 5 ދުވަސް ފަހުން އިއްޔެ ހަމަލާތައް ވަރުގަދަކުރި އިރު ގިނަ ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތައް ހުރި ސަރަހައްދުތަކަށެވެ. އެގޮތުން އިއްޔެ ޔަހޫދީންެގެ ގިނަ ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ބުރެއިޖް ރެފިއުޖީ ކޭމްޕަށެވެ. އަދި މިއަދު ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ނުސީރަތު ރެފިއުޖީ ކޭޭމްޕު ސަރަހައްދަށެވެ.

ޔަހޫދީން ހަމަލާތައް "މެދެކަނޑާލި" ކަމަށް ބުނެފައިވަނީ ޣައްޒާގައި އދ ގެ ޖަމިއްޔާތަކުން ކުރިޔަށް ގެންދާ ޕޯލިއޯ ވެކްސިނޭޝަން ޕްރޮގްރާމަށެވެ. މި ހަރަކާތަށް 5 ވަރަކަށް ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވި ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާއި ހިލާފަށް ކޮންމެވެސް ވަރަކަށް ހަމަލާތައް ޣައްޒާއަަށް ދީފައި އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުން އަދަދު މިހާރު ވަނީ 41,000 އާއި ގާތްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ