logoEN
cocacola
ބައިޑަންއަށް ވުރެ ކަމަލާ ބަލިކުރަން ފަސޭހަވާނެ: ޓްރަމްޕް

ބައިޑަންއަށް ވުރެ ކަމަލާ ބަލިކުރަން ފަސޭހަވާނެ: ޓްރަމްޕް

އަހުމަދު ޝުރާއު

logo

7/21/2024, 6:51:49 PM

# އެމެރިކާ

--

ރައީސް ޖޯ ބައިޑަން އަށް ވުރެ ރިޔާސީ ރޭހުގައި ކަމަލާ ހެރިސް ބަލިކުރަން ފަސޭހަވާނެ ކަމަށް ރިޔާސީ ރޭހުގައި ރިޕަބްލިކަންގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ބައިޑަން 2024 ވަނަ އަހަރުގެ ރޭހުން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވިތާ އިރުކޮޅެއް ފަހުން ސީއެންއެންއަށް ފޯނުން ގުޅުއްވައި ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނަށް ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލައްވާނީ ކޮން ބޭފުޅެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ނައިބު ރައީސް ކަމަލާ ކުރިމަތިލައްވާ ނަމަ އެމަނިކުފާނަށް މިހާރުގެ ރައީސަށް ވުރެ ބޮޑު މައްސަލައެއް ކުރިމަތި ނުކުރައްވާނެ ކަމަށެވެ.

އެންބީސީ ނިއުސްއަށް ފޯނުން ދެއްވި ކުރު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ގައުމަށް މިފަދަ ގެއްލުމެއް ދިން ރައީސަކު ( ޖޯ ބައިޑަން ) ދުވަހަކުވެސް ނުހުންނާނެ ކަމަށެވެ.

ޖޯ ބައިޑަން ރިޔާހީ ރޭހުން ފެޔަށް ޖެހިވަޑައިގެން ކަމަލާ ހެރިސް އެންޑޯޒް ކުރައްވައި އެކަން ރަސްމީކޮށް މިހާރު ވަނީ ހާމަކުރައްވާފައި އެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޓްރަމްޕަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ