logoEN
cocacola
ރިޔާސީ ރޭހުގައި ބައިޑެންގެ އެންޑޯޒްމެންޓު ނައިބު ރައީސް ކަމަލާ ހެރިސް އަށް!

ރިޔާސީ ރޭހުގައި ބައިޑެންގެ އެންޑޯޒްމެންޓު ނައިބު ރައީސް ކަމަލާ ހެރިސް އަށް!

އަހުމަދު ޝުރާއު

logo

7/21/2024, 6:17:36 PM

# އެމެރިކާ

--

ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުނައިބު ރައީސް ކަމަލާ ހެރިސް އަށް ދެއްވުމަށް ރައީސް ޖޯ ބައިޑެން އެންޑޯޒްކުރައްވައިފި އެވެ.

ގޮސިޔާ

ބައިޑެން މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަން ހާމަކުރެއްވިތާ ކުޑައިރުކޮޅެއް ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ބައިޑެންގެ ޕޯސްޓުގައި ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި ޑިމޮކްރެޓްޓިކް ޕާޓީގެ ކެނޑިޑޭޓަކަށް ކަމަލާ ހަމަޖެއްސުމަށް ފުރިހަމަ ތާއީދާއިއެކު އެންޑޯޒްކުރައްވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު އެމަނިކުފާނަށް ރިޔާސީ ޓިކެޓު ލިބިލެއްވުމުން އެންމެ ފުރަތަމަ ނެންގެވި ފިޔަވަޅީވެސް ކަމަލާ ރަނިންގ މޭޓަކަށް އައްޔަނުކުރުން ކަމަށާއި އެއީ މިހާތަނަށް ނިންމެވި އެންމެ ރަނގަޅު ނިންމެވުން ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ ރިޔާސީ ރޭހުގައި ބައިވެރިވަޑައިނުގެއްނެވީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކަށް ހުރިހާ ހަކަތައެއް ފޯކަސް ކުރަން ކަމަށެވެ.

View post on Twitter

ބައިޑަން ވަނީ ޕާޓީ އެކަތިގަނޑަކަށްވެ ރިޕަބްލިކަންގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބަލިކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ