logoEN
cocacola
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ރައީސް ޖޯ ބައިޑެން ނިންމަވައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ރައީސް ޖޯ ބައިޑެން ނިންމަވައިފި

އަހުމަދު ޝުރާއު

logo

7/21/2024, 5:57:49 PM

# އެމެރިކާ

--

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ރައީސް ޖޯ ބައިޑެން ނިންމައިފި އެވެ.

ގޮސިޔާ

ބައިޑެންގެ މި ނިންމުން ރަސްމީކޮށް ހާމަކުރީ އަމިއްލަފުޅު އެކްސް އެކައުންޓުގައި މީގެ އިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައި އެވެ.

ބަޔާނުގައި ބައިޑެން ވިދާޅުވީ ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށާއި ހުރިހާ ވަގުތެއް ދެން ހުސްކުރައްވާނީ ރިޔާސީ ދައުރުގައި ބާކީ އޮތް ދުވަސްތަކުގައި ގައުމަށް ހިދުމަތް ކުރައްވަން ކަމަށެވެ.

އަދި މިވަގުތު އެމެރިކާއަށާއި އެމަނިކުފާނުގެ ޕާޓީއަށްވެސް އެންމެ ރަނގަޅު އަދި ފައިދާހުރި ގޮތަކީ ރިޔާސީ އިންތިހާބުގައި ވާދަނުކުރުން ކަން ވަނީ ފާހަގަކުރައްވާފައި އެވެ.

ބައިޑެންގެ ބަޔާނުގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ހޯއްދެވުނު މުހިންމު ކާމިޔާބީތައް ފާހަގަކުރައްވާފައި އެވެ.

View post on Twitter

ބައިޑެން ވަނީ މި ނިންމުމާއި ގުޅޭ އިތުރު ތަފްސީލް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

އުމުރުފުޅުން 81 އަހަރުގެ ބައިޑަން ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަން އިއުލާނުކުރެއްވި އިރު އެމަނިކުފާނުގެ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ރިޔާސީ ރޭހުގައި ބައިޑެންއަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައި އެވެ. އެގޮތުން މެމްބަރުން ބުނާ ގޮތުގައި ބައިޑެންގެ ނަފްސާނީ ދުަޅަހެޔޮކަން އެގައުމުގެ ވެރިކަން ކުރަން ފިޓެއް ނޫނެވެ.

ބައިޑެން ރިޔާސީ ރޭހުން ބޭުރުވުމާއި އެކު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ފެނުން އެންމެ ގާތީ ބައިޑެންގެ ނައިބު ރައީސް ކަމަލާ ހަރިސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ