logoEN
cocacola
ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔަހޫދީ އިސްރާއިލުގެ ރައީސް ބައިވެރިވަނީ

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔަހޫދީ އިސްރާއިލުގެ ރައީސް ބައިވެރިވަނީ

އަހުމަދު ޝުރާއު

logo

7/21/2024, 5:45:07 PM

# އިސްރާއިލް

--

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔަހޫދީ އިސްރާއިލުގެ ރައީސް ބައިވެރިވާނެކަން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

އަންނަ ހަފްތާގައި ފަށާ ޕެރިސް އޮލިމްޕިކް ގޭމްސް ރަސްމީކޮށް ހުޅުވާ ރަސްމިއްޔާތުގައި އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޯގް ބައިވެރިވާނެކަމަށް ގުދުސް ޕޯސްޓުން ރިޕޯޓްކޮށްފައިވާ އިރު، އެ ގޭމްސްއިން އިސްރާއީލު މަނާކުރަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހޫދީ ސްޕޯޓްސް އެންޑް ކަލްޗާ މިނިސްޓަރު މިކީ ޒޯހަރާ އެކު ރައީސް ހަރްޒޯގް ޕެރިސްއަށް ދަތުރުކޮށް އިޒްރޭލުގެ އޮލިމްޕިކް ޓީމާ ބައްދަލު ކުރާނެ އެވެ. މިއަހަރުގެ އޮޕިމްޕިކްސްގެ އެކި ކުޅިވަރުތަކުގައި ޔަހޫދީ އިޒްރޭލުގެ އެތުލީޓުންވެސް ބައިވެރިވެ އެވެ.

މީގެ އިތުރުން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި ފަރަންސޭސި ވިލާތުގެ ރައީސް ޖޯޖިއާ މެލޯނީއާ ވެސް ޔަހޫދީ ރައީސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ދެމުން އަންނަ ލާއިންސާނީ އެތަކެއް އަމަލުތަކާއި އެކުވެސް މި އަހަރުގެ އޮލިމްޕިކްސް ބާއްވާ ފްރާންސް ފަދަ ގައުމުތަކުން ދަނީ ޔަހޫދީންގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅަން ދެކޮޅު ހަދަުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ