logoEN
cocacola
އިޒްރޭލުގައި ބަޑިން ދިން ހަމަލާގައި ޔަހޫދީއަކު މަރާލައިފި

އިޒްރޭލުގައި ބަޑިން ދިން ހަމަލާގައި ޔަހޫދީއަކު މަރާލައިފި

އަހުމަދު ޝުރާއު

logo

10/6/2024, 1:17:21 PM

# އިސްރާއިލް

އިޒްރޭލުގެ ސިޓީއެއްގައި މިއަދު ބަޑިން ދިން ހަމަލާގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

އިޒްރޭލުގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ދެކުނުގެ ބީރްޝެބާ ސިޓީގައި ދިން ބަޑީގެ ހަމަލާއެއްގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ. އަދި މި ހަމަލާގައި މިހާތަނަށް 25 އަހަރުގެ ޔަހޫދީ އަންހެނަކު މަރުވެެފައިވާ ކަމަށްވެސް އިމަޖެންސީގައި ހިދުމަތް ދޭ މެޖެން ޑޭވިޑް އަޑޮމް އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ.

އިޒްރޭލުގެ ފުލުހުން ބުނީ މި ހާދިސާ އަކީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ސެންޓްރަލް ބަސް ސްޓޭޝަނުގައެވެ.

މި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު މަރާލާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

އިޒްރޭލުގެ އިމަޖެންސީ ޕްރީ ހޮސްޕިޓަލް ޔުނިޓް ކަމަށްވާ އެމްޑީއޭ އިޒްރޭލުން ބުނީ ޒަހަމްވި 10 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެ ހާދިސާގައި އެކަކަށް ފަރުވާ ދެމުން ދަނީ ސީރިއަސް ހާލަތެއްގައި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ