logoEN
cocacola
އިޒްރޭލުގެ ސިޓީއެއްގައި ބަޑީގެ ހަމަލާއެއްދީ ޔަހޫދީންތަކެއް ޒަހަމްކޮށްލައިފި

އިޒްރޭލުގެ ސިޓީއެއްގައި ބަޑީގެ ހަމަލާއެއްދީ ޔަހޫދީންތަކެއް ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

10/6/2024, 12:22:02 PM

# އިސްރާއިލް

އިޒްރޭލުގެ ސިޓީއެއްގައި ބަޑީގެ ހަމަލާއެއްދީ ޔަހޫދީންތަކެއް ޒަހަމްކޮށްލައިފި އެވެ.

ގޮސިޔާ

އިޒްރޭލުގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ދެކުނުގެ ބީރްޝެބާ ސިޓީގައި ހިނގި ބަޑީގެ ހަމަލާއެއްގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ސެންޓްރަލް ބަސް ސްޓޭޝަނުގައެވެ.

މި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު މަރާލާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

އިޒްރޭލުގެ އިމަޖެންސީ ޕްރީ ހޮސްޕިޓަލް ޔުނިޓް ކަމަށްވާ އެމްޑީއޭ އިޒްރޭލުން ބުނީ ޒަހަމްވި އަށް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އެ ހާދިސާގައި އެކަކަށް ފަރުވާ ދެމުން ދަނީ ސީރިއަސް ހާލަތެއްގައި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ