logoEN
cocacola
ހުޅަނގުގެ ބައިވެރިންނާއި އެކު ޔަހޫދީ އިޒްރޭލުން އިރާން,ލުބުނާނު އަދި ޣައްޒާއަށް ވަރުގަދަ ހަމަލާއެއް މިއަދު ދޭން ތައްޔާރުވަނީ - ޔަހޫދީންގެ މީޑިއާތައް

ހުޅަނގުގެ ބައިވެރިންނާއި އެކު ޔަހޫދީ އިޒްރޭލުން އިރާން,ލުބުނާނު އަދި ޣައްޒާއަށް ވަރުގަދަ ހަމަލާއެއް މިއަދު ދޭން ތައްޔާރުވަނީ - ޔަހޫދީންގެ މީޑިއާތައް

އަހުމަދު ޝުރާއު

logo

10/5/2024, 12:07:43 PM

# އިސްރާއިލް

އިސްރާއީލުގެ އަސްކަރިއްޔާއިން އިރާނާއި ލުބުނާނު އަދި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް މިއަދު ދިނުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެފި އެެވެ.

ގޮސިޔާ

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އާއި އިސްރާއީލުގެ އެހެނިހެން މީޑިއާތަކުން ބުނާ ގޮތުގައި އިޒްރޭލު އަސްކަރިއްޔާއިން މިއަދުގެ ވަގުތެއްގައި މި ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާއިރު ހަމަލާދޭނީ އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުން އެކަމަށް ފެހި ސިގްނަލް ދިނުމުންނެވެ.

އީރާނާއި ލުބްނާން އަދި ފަލަސްތީނުގެ އިސް އޮފިޝަލުން އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ފޮނުވާލުމާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން އަމާޒު ހިފާފައި ވަނީ އީރާނަށް ވަރުގަދަ ހަމަލާއެއް ދީ އިރާނާއި ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ ފެށުމަކަށެވެ.

އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އުންމީދު ކުރަނީ އީރާނުގެ ނުފޫޒާ ދެކޮޅު އެމީހުންގެ ހުޅަނގުގެ ބައިވެރިން ވެސް މި ހަމަލާގައި ބައިވެރިވާނެ ކަމަށެވެ.

މި ހަބަރުތައް އިޒްރޭލު މީޑިއާތަކުން ރިޕޯޓުކޮށްފައިމިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މައިކަލް ކުރިލާ މިއަދު އިޒްރޭލަށް ވަޑައިގެން އެ އޮޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ