
ސަރުކާރާއި މެދު ނަފުރަތު އުފައްދާ ފަރާތްތަކާއި ދެކޮޅަށް ނިކުމެ ރައްޔިތުން ރައީސަށް ދެއްވެވީ "އޭ" ރިޕޯރޓެއް - މުބީން
# އަހުމަދު މުބީން# ޕީޕީއެމް/ޕީއެންސީ# ރީޖަނަލް އެއާޕޯޓްސް-
އިއްޔެގަ ބޭއްވުނު ބައި-އިލެކްޝަނުން ސާފުވެގެން ދިޔައީ ރައީސް މުއިއްޒަށް ދިވެހީން އިތުބާރުކުރައްވާކަން ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

އިއްޔެ މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަނާއި ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި-އިލެކްޝަނެވެ. މި އިންތިހާބުތަކުގެ ތެރެއިން ރަސްމާދޫ ކައުންސިލްގެ އަންހެނުން މެމްބަރު ގޮނޑި ފިޔަވައި ބާކީ ހުރި 5 ގޮނޑި ކާމިޔާބުކުރީ ޕީއެންސީ އިންނެވެ.
މިކާމިޔާބީއާއި އެކު މުބީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވީ 8 މަސްދުވަހު ދިވެހި ރައްޔިތުން ބަލައިގަންނަފަދަ ޚިދުމަތްތަކެއް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އަށް ކުރެވިފައިވާކަން ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ.
އަދި ސަރުކާމެދު ނަފުރަތު އުފައްދާ ފަރާތްތަކާއި ދެކޮޅަށް ނިކުމެ ރައްޔިތުން ރައީސަށް ދެއްވެވީ "އޭ" ރިޕޯރޓެއް ކަމަށް މުނީން ވިދާޅުވިއެވެ.
ބައި އިލެކްޝަންތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން:
- ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަން
- ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމް
- މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީ
- ކުޅުދުއްފުށި އުތުރު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް އަހުމަދު-
- ލެތްދޫ ދާއިރާގެ ރައީސަކަށް ޕީއެންސީގެ ކެންޑިޑޭޓު އަރީޝް އިސްމާއިލް
ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ މިނިވަން ކެންޑިޑޭޓެކެވެ.
މިއީ ރައްޔިތުންގެ މަޖިލީސް އިންތިހާބަށްފަހު ޕީއެންސީއަށް މިހާތަނަށް ލިބުނު ބޮޑު އެއް ކާމިޔާބީ އެވެ. މި އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންވެސް ވާދަކުރި އިރު އެމްޑީޕީއަށް މި އިންތިހާބުގައި ވެސް ކުރިމަތިލާންޖެހިފައި މިވަނީ ބޮޑު ނާކާމިޔާބީއަކާއި އެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް

ސަރުކާރާއި މެދު ނަފުރަތު އުފައްދާ ފަރާތްތަކާއި ދެކޮޅަށް ނިކުމެ ރައްޔިތުން ރައީސަށް ދެއްވެވީ "އޭ" ރިޕޯރޓެއް - މުބީން
ފަހުގެ

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓު 15 ގެ ކުރީން ބާއްވަން ފާސްކޮށްފި

ތުރުކީއިން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރަނީ: މަނަވަރަށް ދިވެހި ސިފައިން ތަމްރީނުކުރުން ފެށިއްޖެ

ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭ!

އައްޑޫ ލިންކު ރޯޑު އެކްސިޑެންޓުގައި މީހަކު މަރުވުން: ކާރު ދުއްވި 23 އަހަރުގެ ޒުވާނާ ހައްޔަރަށް!

އައްޑޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކު ނިޔާވެއްޖެ
