
މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވާން ފެށުމުން ސިފައިން އެހިތެރިކަން ފޯރުކޮށްދީފި
# މާލެ ސިޓީ--
މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވާން ފެށުމުން ސިފައިން އެހިތެރިކަން ފޯރުކޮށްދީފިއެވެ.

ސިފައިން މިއަދު ބުނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާފައި އޮއްވާ ދިޔަވެ އަޑިޔަށްދިޔަ ލޯންޗަކުން ދިޔަ ހިއްކުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 17:47 ހާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
އަމިއްލަ ފަރާތެއްގެ ކެރޭނެއްގެ އެހީގައި ދިޔަވެ އަޑިއަށް ދިޔަ ލޯންޗު ފެންމަތިކުރުމުން، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ޕަންޕު ބޭނުންކޮށްގެން، އެ ލޯންޗުގައި ބޮޑުވެފައި އޮތް ދިޔަގަނޑު އެއްކޮށް ހިއްކަދީފައެވެ.
ގުޅުންހުރި

އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވިލިމާލެއިން 3875 ކާނު ސާފުކޮށްފި

ވިލިމާލޭގައި ތަރައްޤީ ކުރާ ދެ ވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފި

ރަސްފަންނުގެ މޫދުގެ އުރަފަށު ކައިރީ މޫދަށް އެރޭ ސަރަޙައްދު ބޮއި އަޅައި ވަކިކުރަނީ
