logoEN
cocacola
ޔަހޫދީ ޖައްބާރު ނަތަންޔާހޫ މާދަމާ އެމެރިކާއަށް!

ޔަހޫދީ ޖައްބާރު ނަތަންޔާހޫ މާދަމާ އެމެރިކާއަށް!

އަހުމަދު ޝުރާއު

logo

7/21/2024, 3:31:48 PM

# އިސްރާއިލް

--

މުޅި އިސްލާމީ އުންމަތާއި ދެކޮޅު ޔަހޫދީ އިޒްރޭލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު މާދަމާ އެމެރިކާއަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ޣައްޒާގެ ކުށެއް ނެތް އެތައް ބަޔެއްގެ މަރުގެ ޒިންމާ ބޮލުގައި އެޅިފައި ހުރި ޔަހޫދީ ނަތަންޔާހޫ އެމެރިކާއަށް މާދަމާ ދިޔުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ ތަގުރީރު ކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޭނާ މާދަމާ އެމެރިކާގެ ވެރިރަށް ވޮޝިންގޓަންއަށް ދިޔުމަށްފަހު އޭގެ އަނެއް ދުވަހު އިޒްރޭލަށް އެންމެ އެހީތެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

އަދި ބުދަ ދުވަހު އެމެރިކާގެ ސެނެޓުގައި ތަގުރީރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާ ސަރުކާރާއި ހަވާލާދީ ނޫސްތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

މިއީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނަތަންޔާހޫގެ މިހާރުގެ ސަރުކާރު އުފެދުނު ފަހުން ވޮޝިންޓަނަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނާ އެންމެ ފަހުން ކޮންގްރެސްގައި ތަގުރީރުކުރީ 2015 ވަނަ އަހަރު އޭރުގެ އޮބާމާގެ ސަރުކާރުން އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރި ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެމެރިކާގެ ފަސްގަނޑުގައި ހުރެ އެމެރިކާގެ ނިންމުންތަކަށް ފާޑުކިޔާ ޖައްބާރު ނަތަންޔާހޫގެ ކުރިމަތީގައި ދުނިޔޭގެ އެންމެ ބޮޑު ގައުމުކަމަށް ވަކާލާތު ކުރާ އެމެރިކާ އޮންނަނީ ކުޑަކަކޫ ޖަހައިގެން ކަމަށް ބުނެ ގިނަ ބަޔަކު އެމެރިކާއަށް އަބަދުވެސް ފާޑުކިޔައެވެ.

ހަނގުރާމައިގެ ޖަރީމާތަކުގައި ހައްޔަރުކުރުމުގެ އަމުރަކަށް އެދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގެ އެންމެ އިސް ޕްރޮސެކިއުޓަރު ނަތަންޔާހޫ އާއި ދެކޮޅަށް އައިސީޖީއަށް މައްސަލަ ހުށަހަޅާފައިވާއިރު ނަތަންޔާހޫގެދަތުރުފުޅާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރާނެ ކަމަށް ބެލެވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ