logoEN
cocacola
ލުބުނާނުން އިޒްރޭލުގެ ގޯލަން ހައިޓްސް އަށް ދިން ރޮކެޓު ހަމަލާގައި މަރާލި ޔަހޫދިންގެ އަދަދު 12 އަށް!

ލުބުނާނުން އިޒްރޭލުގެ ގޯލަން ހައިޓްސް އަށް ދިން ރޮކެޓު ހަމަލާގައި މަރާލި ޔަހޫދިންގެ އަދަދު 12 އަށް!

އަހުމަދު ޝުރާއު

logo

7/28/2024, 4:44:58 AM

# އިސްރާއިލް

ލުބުނާނުން އައި ކަމަށް ބުނާ ރޮކެޓެއް ޔަހޫދީ އިޒްރޭލުގެ ގޯލަން ހައިޓްސްގެ ސަރަހައްދަކަށް ވެއްޓި މަރުވި ޔަހޫދީންގެ އަދަދު 12 އަށް އަރައިފި އެވެ.

ގޮސިޔާ

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މަޖްދާލް ޝަމްސްގެ ފުޓްބޯޅަ ދަނޑަކަށް ދިން ރޮކެޓް ހަމަލާގައި މިހާތަނަށް 12 މީހުން މަރުވެފައިވާ ކަމަށެވެ. މަރުވި އެންމެންނަކީ ވެސް 10 އަހަރާއި 20 އަހަރާ ދެމެދުގެ މީހުންނެވެ.

މީގެ ކުރިން ޔަހޫދީ އަސްކަރިއްޔާއިން ބުނީ ފުޓްބޯޅަ ދަނޑަށް ވެއްޓުނު ރޮކެޓަކީ އީރާނުން އުފައްދާފައިވާ ފަލަކް-1 އެއް ކަމަށާއި ލުބުނާނުގެ ދެކުނުގައި އޮންނަ ޝެބާގައި ހުންނަ ލޯންޗިން ސައިޓަކުން ހަމަލާ ދޭން އެންގީ އަލީ މުހައްމަދު ޔަހްޔާ ނަމަކަށް ކިޔާ ހިޒްބުالله ކޮމާންޑަރެއް ކަމަށެވެ.

ނަމަވެސް މި ހަމަލާއަކީ ހިޒްބުالله ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަމަށް އެޖަމާތުން ބުނެއެވެ. އެމެރިކާގެ ނިއުސް އައުޓްލެޓެއް ކަމަށްވާ އަކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތިޔާރު އެޅި ޖަމާއަތުން އދ.އަށް ބުނެފައި ވަނީ އެ ހާދިސާއަކީ އިޒްރޭލުގެ އެންޓި ރޮކެޓް އިންޓަސެޕްޓަރަކުން ފުޓުބޯޅަ ދަނޑަށް ޖެއްސުމުގެ ނަތީޖާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ