logoEN
cocacola
މިއަދާ ހަމައަށް އެކި ރަށްރަށުގައި 43 ޖަނަރޭޓަރު ބަހައްޓައިފިން - ފެނަކަ

މިއަދާ ހަމައަށް އެކި ރަށްރަށުގައި 43 ޖަނަރޭޓަރު ބަހައްޓައިފިން - ފެނަކަ

އަލްފާ އަލީ

logo

7/21/2024, 6:46:54 AM

# ފެނަކަ ކޯޕަރޭޝަން

-

މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މިއަދާ ހަމައަށް 43 ޖަނަރޭޓް ބަހައްޓާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެެވެ.

ގޮސިޔާ

ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ މި އަހަރު ފެށުނު އިރު، ކުންފުނިން ހިދުމަތް ދެމުން އައި ގިނަ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު އޮތީ ރަނގަޅު ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރަން ޖެހިފައި ހުރިކަމާއި، އިންޖީނުތައް އޯވަހޯލްކުރަން ޖެހިފައި ހުރި ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަހޯލް ކުރަންޖެހިފައި. އައު މެނޭޖްމެންޓް ފެށުމާއިއެކު މިހާރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ވަނީ ފެށިގައި. އެގޮތުން ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކައި ވަރަށް އަވަހަށް ފެށިގެން ދިޔަ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވިފައި " - އަހުމަދު އިބްރާހިމް

ފެނަކަ އިން ބުނީ ހާލަތު ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރަން އާ ޖަނަރޭޓަރުތައް ފޮނުވުމާއި، ޖަނަރޭޓަރު އޯވާހޯލްކުރަން ޖެހިފައި ހުރި ރަށްރަށުގައި އެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މިހާރު ރަށްރަށުގައި އިންސްޓޯލްކޮޑްފައި ހުރި ޖަނަރޭޓަރުތަކުގެ އިތުރުން، ބޭނުން ޖެހިފައިވާ ބައެއް ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޮނުވަން ނިންމާފައިވާ ޖަަނަރޭޓަރުތައް ގަތުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ