logoEN
cocacola
ކާރިސީ ހިރާސް ކުޑަކުރުމަށް ފާހަގަ ކުރާ ދުވަހާ ގުޅިގެން ފުވައްމުލަކުގައި ފެނަކައިން ޚާއްޞަ ޙަރަކާތްތަކެއް!

ކާރިސީ ހިރާސް ކުޑަކުރުމަށް ފާހަގަ ކުރާ ދުވަހާ ގުޅިގެން ފުވައްމުލަކުގައި ފެނަކައިން ޚާއްޞަ ޙަރަކާތްތަކެއް!

އަހުމަދު ޝުރާއު

logo

10/14/2024, 3:40:19 AM

# ފެނަކަ ކޯޕަރޭޝަން

--

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކައިން ފުވައްމުލަކު ސިޓީގައި ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ގޮސިޔާ

ފެނަކައިން ބުނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މަޢުލޫމާތު ސެޝަންއެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ.

އަދި އަލިފާން ނިއްވާނެ ގޮތް ދަސްކޮށްދޭ ބޭސިކް ޓްރެއިނިންއެއްވެސް މި ޙަރަކާތުގައި ކުރިއަށް ގެންދެވުނު ކަމަށް އެކުންފުނިން ބުނެއެވެ.

ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު އެކުންފުނިން މިހާރު ވަނީ މަޝްވަރާތައް ފަށާފަ އެވެ.

އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަލާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ