logoEN
cocacola
އަލިފުއްޓާއި މާރަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެދެރަށަށް އިތުރު ގެނެސެޓްތަކެއް!

އަލިފުއްޓާއި މާރަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެދެރަށަށް އިތުރު ގެނެސެޓްތަކެއް!

އަހުމަދު ޝުރާއު

logo

10/15/2024, 4:14:27 PM

# ފެނަކަ ކޯޕަރޭޝަން

--

ރ އަލިފުއްޓާއި ހއ މާރަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެދެރަށަށް އިތުރު ގެނެސެޓްތަކެއް ފެނަކަ ކޯޕަރޭޝަނުން ފޮނުވައިފި އެވެ.

ގޮސިޔާ

ފެނަކައިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.މާރަންދޫއާއި ރ އަލިފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެދެރަށަށް އިތުރު ޖެނެސެޓުތަކެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ރ.އަލިފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، އެރަށަށް 800 ކިލޯވޯޓްގެ ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު އެ ޖެނެސެޓުން އެރަށަށް ދާދި އަވަހަށް ހިދުމަތް ދެވެން ފަށާނެ ކަމަށް އެކުންފުނިން ބުނެއެވެ.

View post on Twitter

އަދި ހއ.މާރަންދޫ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، އެރަށައް ގެންދެވުނު 400 ކިލޯވޯޓްގެ ޖެންސެޓް މިހާރުވަނީ އިންސްޓޯލް ކުރެވި ޚިދުމަތް ދޭންފެށިފައި ކަމަށް އެކުންފުނިން ހާމަކުރެއެވެ.

View post on Twitter

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ