logoEN
cocacola
ނަޑެއްލާއަށް އުދައިގެ އަސަރު ކުރަމުންދާތީ އެރަށުގެ ފެނަކަ ބްރާންޗުގެ އެމަޖެންސީ ކޮންޓްރޯލް ޓީމުން އެހީތެރިވަނީ

ނަޑެއްލާއަށް އުދައިގެ އަސަރު ކުރަމުންދާތީ އެރަށުގެ ފެނަކަ ބްރާންޗުގެ އެމަޖެންސީ ކޮންޓްރޯލް ޓީމުން އެހީތެރިވަނީ

އަހުމަދު ޝުރާއު

logo

10/15/2024, 4:22:37 PM

# ފެނަކަ ކޯޕަރޭޝަން

--

ގދ ނަޑެއްލާއަށް އުދައިގެ އަސަރު ކުރަމުންދާތީ ދިމާވަމުންދާ ކާރީސީ ހާދިސާތަކުގައި އެހީވުމަށް ނަޑެއްލާ ފެނަކަ ބްރާންޗުގެ އެމަޖެންސީ ކޮންޓްރޯލް ޑިޕާޓްމެންޓުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ގޮސިޔާ

ފެނަކައިން މިއަދު ބުނީ ގދ.ނަޑެއްލާއަށް މިއަދު އަރަމުންދާ އުދައިގެ އަސަރު އާއްމު ގެތަކަށް ކުރަމުންދާތީ، ފެނަކަ ނަޑެއްލާ ބްރާންޗުގެ އެމަޖެންސީ ކޮންޓްރޯލް ޓީމުން އިސްނަގައިގެން، ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި، ރަށުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ފެނަކައިގެ މުވައްޒަފުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ދިމާވާ މިފަދަ ޙާލަތްތަކުގައި ރައްޔިތުންނަށް އެހީވުމަށް ފެނަކައިގެ މުވައްޒަފުން ތިބޭނީ “ތައްޔާރަށް” ކަމަށް އެކުންފުނިން ވަނީ ބުނެފައި އެވެ.

View post on Twitter

ކާރިސީ ހާދިސާތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެނަކައިން ވަނީ އެކުންފުނީގެ ހިދުމަތްތައް ދެމުންދާ ހުރިހާ ރަށެއްގެ ބްރާންޗުތަކުގައި ގެ އެމަޖެންސީ ކޮންޓްރޯލް ޑިޕާޓްމެންޓުތައް އުފައްދާފައި އެވެ.

މީގެ ކުރިންވެސް ރަށްތަކުގައި ދިމާވާ މިފަދަ ކާރިސާތަކުގައި އެކުންފުނީގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި އެވެ.

ފެނަކައަކީ ރާއްޖޭގައި އެންމެ ފުޅާދައިރާގައި ކަރަންޓާއި, ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ