logoEN
cocacola
ރީކޯ މޫސާ އެދިވަޑައިގަންނަވަނީ  އެމްޑީޕީ މެމްބަރުން ޕާޓީގެ މުސްތަގްބަލާދޭތެރޭ ވިސްނަވާލައްވަން!

ރީކޯ މޫސާ އެދިވަޑައިގަންނަވަނީ އެމްޑީޕީ މެމްބަރުން ޕާޓީގެ މުސްތަގްބަލާދޭތެރޭ ވިސްނަވާލައްވަން!

އަހުމަދު ޝުރާއު

logo

7/20/2024, 5:10:49 PM

# އެމްޑީޕީ

--

އެމްޑީޕީގެ މެމްބަރުން ޕާޓީގެ މުސްތަގްބަލާދޭތެރޭ ވިސްނަވާލައްވަން އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެދިވަޑައިގެންފި އެވެ.

ގޮސިޔާ

ރީކޯ މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން މޫސާ ވިދާޅުވީ ކޮންމެ އިންތިހާބަކުންވެސް އެމްޑީޕީ ބަލިވަނީ ކަމަށާއި ވޯޓުލާން ނުކުންނަ މީހުންގެ އަދަދަށް ބަލާއިރު ކުރިން ވޯޓަށް މީހުން ނެރެން އެމްޑީޕީއިން ކުރާ މަސައްކަތާއި ގާތައްވެސް މިހާރަކު މަސައްކަތް ނުކުރެވޭ ކަމަށެވެ.

އެގޮތުން އިންތިހާބު ދުވަހު ޕާޓީގެ ޗެޢާޕާސަން ހުންނެވީ އަމިއްލަ އެޖެންޑާއެއްގައި މާދުރުގައި ކަމަށް މޫސް ވިދާޅުވިއެވެ. އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިހާރު ހުންނެވީ ޕާޓީގެ ރޯޑްމެޕު ހެެއްދެވުމަށްޓަކައި އާންމު މެމްބަރުންގެ ހިޔާލު ހޯއްދެވުމަށް ދެކުނަށް ކުރައްވަމުން އަންނަ ދަތުރުފުޅެއްގައި އެވެ.

މޫސަ އިތުރަށް ވިދާޅުވީ ޕާޓީގެ މުސްތަގްބަޅާއި މެދު މެމްބަރުން ވިސްނަވަންށެވެ.

އެމްޑީޕީ އުފެދުނީއްސުރެ 2018 ވަނަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި ހުންނެވުމަށްފަހު ރީކޯ މޫސަ ވަނީ ޕީޕީއެމްއައަށް 2018 ވަނަ އަހަރު ސޮއިކުރައްވާފައި އެވެ. ނަމަވެސް އެއަށްފަހު ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށްފަހު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރީކޯ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެން އެޕާޓީގެ ކެމްޕެއިންގެ އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.

ރީކޯ މިފަދައިން ޕޯސްޓެއް ކުރެއްވި އިރު އެޕާޓީގެ ލީޑަރޝިޕާއި ދެކޮޅަށް އެޕާޓީގެ މެމްބަރުންދަނީ މިހާރު ފާޑުކިޔަމުންނެވެ. އެގޮތުން ބޮޑެތި އިންތިހާބުތަކުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައިވަނީ ޕާޓީގެ ލީޑަރޝިޕްގެ ނާގާބިލްކަމުން ކަމަށް ޕާޓީގެ މެމްބަރުން އަންނަނީ ބުނަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ