logoEN
cocacola
ނަތީޖާއިން ފެނުނީ ރައީސް މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާތަން - އަބްދުއްރަހީމް

ނަތީޖާއިން ފެނުނީ ރައީސް މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާތަން - އަބްދުއްރަހީމް

އަހުމަދު ޝުރާއު

logo

7/20/2024, 3:10:23 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

--

މާލެ ސިޓީ ކައުންސިލް ހިމެނޭހެން މިއަދު ކުރިޔަށްދިޔަ ކައުންސިލްތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ދިވެހި ރައްޔިތުންނަށް މަރުހަބާ ދަންނަވައިފި އެވެ.

ގޮސިޔާ

މިއަދު މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަނާއި ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި-އިލެކްޝަނެވެ. މި އިންތިހާބުތަކުގެ ތެރެއިން ރަސްމާދޫ ކައުންސިލްގެ އަންހެނުން މެމްބަރު ގޮނޑި ފިޔަވައި ބާކީ ހުރި 5 ގޮނޑި ކާމިޔާބުކުރީ ޕީއެންސީ އިންނެވެ.

މިކާމިޔާބީއާއި އެކު އަބްދުއްރަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން މިއަދުވެސް ދައްކައިދީފި ކަމަށެވެ.

އަބްދުއްރަހީމް ވަނީ މި ކާމިޔާބީއާއި އެކު އިންތިހާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށާައި ރައީސް މުއިއްޒުއަށް ހޫނު މަރުހަބާއެެއް ދަންނަވައި ވޯޓު ދެއްވި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި އެވެ.

ބައި އިލެކްޝަންތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން:
  1. ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަން
  2. ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމް
  3. މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީ
  4. ކުޅުދުއްފުށި އުތުރު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް އަހުމަދު-
  5. ލެތްދޫ ދާއިރާގެ ރައީސަކަށް ޕީއެންސީގެ ކެންޑިޑޭޓު އަރީޝް އިސްމާއިލް

ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ މިނިވަން ކެންޑިޑޭޓެކެވެ.

މިއީ ރައްޔިތުންގެ މަޖިލީސް އިންތިހާބަށްފަހު ޕީއެންސީއަށް މިހާތަނަށް ލިބުނު ބޮޑު އެއް ކާމިޔާބީ އެވެ. މި އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންވެސް ވާދަކުރި އިރު އެމްޑީޕީއަށް މި އިންތިހާބުގައި ވެސް ކުރިމަތިލާންޖެހިފައި މިވަނީ ބޮޑު ނާކާމިޔާބީއަކާއި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ