
ބައި-އިލެކްޝަން ތަކުން ވެރިކަންކުރާ ޕީއެންސީއަށް ބޮޑު ކާމިޔާބީއަށް, އިދިކޮޅު އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ނުލިބުނު!
# ޕީޕީއެމް/ޕީއެންސީ--
މިއަދު ރާއްޖޭގައި ކުރިޔަށް ގެންދިޔަ ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގެ ތެރެއިން 5 ގޮނޑި ވެރިކަން ކުރާ ޕީއެންސީއިން ކާމިޔާބުކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔައީ މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަނާއި ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި-އިލެކްޝަނެވެ.
މީގެ 6 އިންތިހާބުގެ ތެރެއިން ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ މިނިވަން ކެނޑިޑޭޓެކެވެ. އަނެއް 5 ގޮނޑި ލިބުނީ ޕީއެންސީއަށެވެ.
މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާ ޕީއެންސީގެ ފާތިމަތު ޝައުފާ ސަލީމް ކާމިޔާބުކުރެއްވި އިރު ހުޅުމާލެ ދާއިރާ ހަމަ އެޕާޓީގެ އަލީ އައިމަން އަދި މައްޗަންގޮޅި މެދުދާއިރާގެ ގޮނޑި ކާމިޔާބުކުރީ ފާތިމަތު އިޝާން އަލީ އެވެ. ކު
ޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަހުމަދު ކާމިޔާބުކުރެއްވި އިރު ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަރީހު އިސްމާއިލެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
