
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ ފަރާތްތަކާ ކޮންމެ ދުވަހަކުވެސް ބައްދަލުކުރެވޭނެ
# ކ. ގުރައިދޫ-
ކ. ޤުރައިދޫގައި ގާއިމްކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި ކޮންމެ ދުވަހަކުވެސް ބައްދަލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކަންކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނައިބު ވަޒީރު އައިމިނަތު އިސްމާއިލް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކާއި ގާތް ގުޅުމެއް އުފެއްދުމަށް ބޭނުންވާތީ ހުކުރު ދުވަހުގެ ހުކުރު ގަޑި ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ވެސް ހަވީރު 6:00 އާއި ހަމަޔަށް ކޮންމެ އާއިލާއަކަށް ވެސް ފަރުވާ ހޯދާ ފަރާތްތަކާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އައިމިނަތު އިސްމާއިލް ވިދާޅުވީ ޚާއްސައެއީހައަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދާ ފަރާތްތަކުގެ އާއިލާއިން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެ ފަރާތްތަކާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، މި ފުރުސަތުގެ ބޭނުން އާއިލާތަކުން ހިފައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި ބައްދަލުކުރުމަށް ވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަކުރާ ފަރާތްތައް އާއިލާތަކާއި އަނބުރާ ހަވާލުކޮށް، އެ ފަރާތްތަކަށް އާއިލީ ދިރިއުޅުމެއް ހޯދައިދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފަރުވާ ފުރިހަމަކުރުމަށް ފަހު އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރުވާ ފަރާތްތަކަށް، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، އަމިއްލައަށް ކަންކަން ކޮށްގެން އުޅުމަށް ބާރު އެޅުމަށް، މަރުކަޒުގައިވަނީ ރީ-އިންޓަގްރޭޝަން ވޯޑެއް ގާއިމްކުރެވިފައެވެ.
ގުޅުންހުރި

ގުރައިދޫގެ ބަންޑާރަ ގޯއްޗެއް ބީއެމްއެލުން ނީލަމުގައި ވިއްކާލަނީ: ނީލަން ފެށޭ އަގަކީ 920،500 ރުފިޔާ!

ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް!





