
ކާވާ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ކޮށައިދެވޭ އާ މަގެއް - ރާފިއު
# ކާވާ# ވޮލީ ބޯޅަ# ދިވެހި ކުޅިވަރު-
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ކޮށައިދެވުނު މަގެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ހަތަރު ގައުމާއިއެކު ރާއްޖޭގައި އިއްޔެ ފެށި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، މި ސަރުކާރުން ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެެވެ. އަދި މިއީ ޒުވާން ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް މަގު ކޮށައިދޭނެ މުބާރާތެއް ކަމަށް ވެސް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރެ އެވެ. އެއީ ދިވެހިރާއްޖެ، ސްރީލަންކާ، ކިރިގިސްތާންގެ އިތުރުން ނޭޕާލް އެވެ.
ގުޅުންހުރި

ނެޓްބޯޅަ: ތަފާތުބޮޑު ނަތީޖާއަކުން ކްއީންސް އަދި ޑައިމަންޑް މޮޅުވިއިރު، ޔުނިކޯންސް އާއި ފޯ ދަ ވައިބްސްގެ މެޗު އެއްވަރު

ނެޓްބޯޅަ: ވާދަވެރި ކުޅުމަކަށްފަހު އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ޝޫޓާސްއަށް ފަސޭހަ މޮޅެއް
.jpg&w=3840&q=75)
ނެޓްބޯޅަ: އެލީޓް ސްޕާކްސް ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޅަބު ހުޅު އަތުން ބަލިވެއްޖެ

.gif&w=3840&q=75)



