logoEN
cocacola
ކުޅުދުއްފުށީ ސިޓީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

އަހުމަދު ޝުރާއު

logo

7/18/2024, 3:39:55 PM

# ވެމްކޯ

--

ރާއްޖޭގެ ކުނި މެނޭޖްކުރާ މައި ކުންފުނި ކަމަށްވާ ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ, ވެމްކޯގެ ހިދުމަތްތައް ކުޅުދުއްފުށީ ސިޓީގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ގޮސިޔާ

މިއަދު އެރަށުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ އާއި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހިމް އާއި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލްގެ އިތުރުން އެސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ.

ކުޅުދުއްފުށީ ވެމްކޯގެ ހިދުމަތްތައް ފަށާފައިވަނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގާގޮތަަށާއި އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތު ދޭ ގޮތަަށެވެ.

މީގެ އިތުރުން އެސިޓީގެ އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16ރ، ގޭބިސީތަކުން 150ރ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27ރ، އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660ރ، ގެ ރޭޓުން ހިދުމަތްތަކަށް އަގުކުރެވިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން މިއަދު ރަސްމީކޮށް މި ހިދުމަތް އިފްތިތާހްކުރި ނަމަވެސް މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ވެމްކޯއިން ވަނީ އެރަށުގައި ހިދުމަތް ފަށާފައި އެވެ. އެގޮތުން ޖޫން މަހާއި މުލައި މަހު ގޭޓްފީއެއް އަދި ހިދުމަތަށް އަގު ނުކުރަން ނިންމާފައިވާއިރު އަގު ކުރަން ފަށަން ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުން ފެށިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ