logoEN
cocacola
މާއުނގޫދޫ ބަނދަރު މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

މާއުނގޫދޫ ބަނދަރު މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

7/18/2024, 3:19:44 PM

# އެމްޓީސީސީ

--

ށ މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

ގޮސިޔާ

އެމްޓީސީސީއިން މިއަދު ވަނި މަޝްރޫއުގެ އެންމެ ފަހުގެ އާދަހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެމްޓީސީސީއިން މިއަދު ބުނީ ށ މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި އަދި، ސައިޓުގައި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ.

އަދި މީގެ އިތުރުން، އައު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 71 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށާއި، އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީއިން ބުނީ މުޅި މަޝްރޫއުގެ 70 އިންސައްތަ މިހާތަނަށް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ