



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
އެންމެ އެޑްވާންސް ދަތުގެ ފަރުވާގެ ހިދުމަތާއެކު ގދ. ގައްދޫގައި ކްލިނިކެއް ހުޅުވައިފި އެވެ.
މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއަރ ސެންޓަރުން ހިންގާ މި ކްލިނިކް ހުޅުވާފައި ވަނީ ހުކުރުދުވަހުގެ ރޭ 9:00 ގައެވެ.
އެންމެ އެޑްވާންސް ދަތުގެ ފަރުވާ ލިބޭ މި ކްލިނިކުގައި ޑެންޓަލް ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ޑރ. އަހުމަދު ސަލީމް އެވެ. މި ކްލިނިކަކީ, ލޭޒަރ ސާޖަރީއާއި, ދަތް އިންދުން, ދޯރިލެއްވުން, ދަތް ޖެހުން, ދަތުގެ ސާޖަރީ އަދި ނަރުގަނޑުއެޅުވުން ފަދަ ހިދުމަތްތައް ލިބިގެންދާނެ ކްލިނިކެކެވެ.. މީގެ އިތުރުންވެސް ޑިޖިޓަލް އަދި އޯޕީޖީ އެކްސްރޭގެ އެންމެ އެޑްވާންސް ހިދުމަތްތައް ވެސް މި ކްލިނިކުން ލިބިގެންދާނެ އެވެ.
މާސްޓަރ މެޑިކަލްގެ ފަރާތުން ގާފު އޮންލައިން އަށް މައުލޫމާތު ދެއްވަމުން ޑރ. އަހުމަދު ސަލީމް ވިދާޅުވީ, މި ކްލިނިކް ވެގެންދާނީ މިވަގުތު ރާއްޖޭގެ ދެކުނުގައި އެންމެ އެޑްވާންސް ދަތުގެ ހިދުމަތް ލިބިގެންދާ ހަމައެކަނި ކްލިނިކަށް ކަމަށެވެ.
މި ކްލިނިކްގައި މިވަގުތު މަސައްކަތް ކުރައްވާ ޑޮކްޓަރުން
މާސްޓަރ މެޑިކަލް ގެ ގައްދޫ ކްލިނިކުގައި ބައްލަވާ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް 7380060 ނަންބަރަށް ގުޅުއްވުމަށް އެ ކްލިނިކުން ވަނީ އެދިލައްވާފައެވެ.
ޑރ. އަހުމަދު ސަލީމް ވިދާޅުވީ, މި ކްލިނިކުން ދަތުގެ ފަރުވާ އަބަދުވެސް ލިބެމުންދާނެ ކަމަށާއި, އަދި އެހެނިހެން ސްޕެޝަލިސްޓް ޑޮކްޓަރުންވެސް ވިޒިޓިންގ ޑޮކްޓަރުންގެ ގޮތުގައި އެ ކްލިނިކުގައި ބަލި މީހުން ބައްލަވާނެ ކަމަށެވެ.
މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއަރ ސެންޓަރުން މާލެ ސަރަހައްދުގައި 3 ކްލިނިކެއް ހިންގައެވެ. މި ކްލިނިކްތަކަކީވެސް އެންމެ އެޑްވާންސް ޑެންޓަލް ފަރުވާގެ އިތުރުން ހާއްސަ ބަލިތަކަށްވެސް ފަރުވާދެމުން އަންނަ ކްލިނިކްތަކެވެ.




.jpg?w=3840&q=75)