logoEN
cocacola
ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އާންމު މެންބަރުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް  އެމްޑީޕީއީން ސިލްސިލާ ދަތުރުތަކެއް ފަށައިފި

ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އާންމު މެންބަރުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް އެމްޑީޕީއީން ސިލްސިލާ ދަތުރުތަކެއް ފަށައިފި

އަހުމަދު ޝުރާއު

logo

7/17/2024, 9:14:28 AM

# އެމްޑީޕީ

--

“އެމްޑީޕީ ރޯޑްމެޕް” ނަމުގައި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް ނިމިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެން އެ މަގުޗާޓާއި ގުޅޭ މައުލޫމާތު ޕާޓީގެ އާންމު މެންބެރުންނާ ހިއްސާކޮށް ހިޔާލާ މަޝްވަރާ ހޯދުމުގެ ސިލްސިލާ ދަތުރުތަކެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

މިދަތުރުގައި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއިލް، ޗެއާރޕާސަންގެ ނައިބު އަހުމަދު އަބްދުالله އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަންނަވައެވެ.

މި ސިލްސިލާގެ ފުރަތަމަ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީ އާއި ހުވަދޫ އަތޮޅުގެ ހުރިހާ ދާއިރާތައް ހިމެނޭ ރަށްތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެމްޑީޕީއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން އެމްޑީޕީ އަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުމަށް ޕާޓީގެ އޮނިގަނޑަށާއި އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ވަނީ މަގުޗާޓެއް އެކެލަވާލެވިފައެވެ.

އެ ޕާޓީގެ ޗެއާރޕާސަންގެ އިސްނެންގެވުމުގެ މަތިން ޒަމާނާ އެއްގޮތަށް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލެވުނު މި ރޯޑްމެޕް މިހާތަނަށް ޕާޓީގެ އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތްކުރައްވާ ހާހަކަށްވުރެ ގިނަ މެންބަރުންނާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރެވި އެފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން ބުނީ މި ސިލްސިލާ ދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ ޕާޓީގެ ކުރިމަގު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަކީ އާންމު މެންބެރުންގެ ބައިވެރިވުމާ ހިޔާލާ މަޝްވަރާއާއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުން ކަމަށެވެ.

މި ސިލްސިލާގެ ފުރަތަމަ ދަތުރު ނިންމަވާލެއްވުމަށްފަހު ޕާޓީގެ ޗެއަރޕާސަން އަދި ވަފްދު އެނބުރި މާލެ ވަޑައިގަންނަވާނީ 22 ޖުލައި ވާ ހޯމަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ