logoEN
cocacola
އުތުރާއި މެދުރާއްޖެތެރެއަށް މިރޭވެސް މޫސުން ގޯސްވާނެ

އުތުރާއި މެދުރާއްޖެތެރެއަށް މިރޭވެސް މޫސުން ގޯސްވާނެ

އަހުމަދު ޝުރާއު

logo

7/16/2024, 6:01:06 PM

# މޫސުން

--

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ގޮސިޔާ

އެއިދާރާއިން މިރޭ ވަނީ މާދަމާ ހެނދުނު 6 ގެ ނިޔަލަށް ރާއްޖެއަށް މޫސުން ލަފާކުރާގޮތް ހާމަކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާ ގުރުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނިގޮތުގައި މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ދެކުނު އަތޮޅުތަކަށް ކަނޑުތައް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ