logoEN
cocacola
މަސް ލިބުން ދަތިވެ، މިފްކޯގެ ފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް ހުސްވެއްޖެ

މަސް ލިބުން ދަތިވެ، މިފްކޯގެ ފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް ހުސްވެއްޖެ

އަހުމަދު ޝުރާއު

logo

7/16/2024, 10:34:39 AM

# މިފްކޯ

--

މަސްލިބުން ދަތިވެ މިފްކޯގެ ފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.

ގޮސިޔާ

މަސްލިބުން ދަތިވެ ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން މިފްކޯއިން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުންފުނީގެ މަސްފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް މި ދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ދަށްވުމުގެ ސަބަބުން ކަމަށެވެ.

މިފްކޯ އިން ބުނީ ދަޅުމަސް ލިބުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި ނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން އުފެއްދުންތައް ފިހާރަތަކުން ލިބޭނީ ކަޅުބިލަ މަސް ލިބުމުން ކަމަށެވެ. އަދި ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް ސަރުކާރުގެ މަސްކުންފުނިން ބުނެ އެވެ.

"ވެލިއު އެޑެޑް ޕްރޮޑަކްޓުގެ ތެރެއިން ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ. އެކަމަކު މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ،" މިފްކޯގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.މަސްވެރިކަން މިދުވަސްވަރު ދަށްވެފައިވާއިރު، މަހުގެ އުފެއްދުންތަކުގެ އަގުތައް މާލޭ ބާޒާރުގައިވެސްވަނީ އުފުލިފައެވެ. އެގޮތުން ވަޅޯމަހުގެ އަގާއި ރިހާކުރުގެ އަގުތައްވެސް މިހާރުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ