
މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދޯންޏަކަށް ހިލޭ ތިން ޓަނުގެ އައިސް ދެނީ!
# މަސްވެރިކަން# މިފްކޯ--
މިފްކޯގެ ސެންޓަރުތަކުން މާދަމާގެ ނިޔަލަށް ކޮންމެ ދޯންޏަކަށް ހިލޭ ތިން ޓަނުގެ އައިސް ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން މިއަދު ބުނީ، ސްޓޮކް ހުސްވަންދެން، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާ ކަަަމަށެވެ. އެގޮތުން ހިލޭ އައިސް ދޫކުރާނީ މާދަމާގެ ނިޔަލަށް ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައި އެވެ.
މިކަމަކީ މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް މިފްކޯއިން ބުނެއެވެ.
ރާއްޖެއަށް މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔުމަށްފަހު މިހާރު މަސްވެރިކަން ވަނީ ރަނގަޅުވާން ފަށާފައި ކަމަށް މަސްވެރިން ވަނީ ބުނެފައި އެވެ. ނަމަވެސް މޫސުމީ ވިއްސާރައާއި އެކު މަސްވެރިން މަހަށް ފުރުން މަޑުޖައްސާލުމަށްފަހު މާދާމާއިން ފެށިގެން މަސްވެރިކަމަށް ނުކުންނަށް ރާއްޖޭގެ އެކި ކޮންކޮޅުތަކުގެ މަސްވެރިން އަންނަނީ ތައްޔާރުވަމުންނެވެ.
އައިސް ޕްލާންޓްތަކުން އައިސް ލިބުމުގައި ދަތިތައް ހުރިކަން މަސްވެރިން ފާހަގަކުރަމުންދާ އިރު، މި މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 11 އައިސް ޕްލާންޓެއް ވަނީ މިފްކޯއާއި ހަވާލުކޮށްފައެވެ. އަދި އިތުރު ފަސް ރަށެއްގައި އަލަށް އައިސްޕްލާންޓްތަކެއް ބަހައްޓަން ހަމަޖެހިފައިވާތީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބީލަމަށްވެސް ހުޅުވާލާފަ އެވެ.
މީގެއިތުރުން މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުން ބާނާ މަސް ރައްކާތެރިކަމާއެކު ފިނިކޮށް ބެހެއްޓޭ ފަދަ ސިސްޓަމެއް ދޯނިތަކުގައި ގާއިމް ކުރުމަށް ވެސް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)
އަންގާރަ ދުވަހުން ފެށިގެން ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލޭގައި ދޫކުރާނީ މިފްކޯގެ މަސްފިހާރަތަކުން!

މިފްކޯގެ އައު ސީއީއޯއަކަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު
