
--
ދެ ރަށަކަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ދެކެވޭ ވާހަކަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ދޮގުކޮށްފި އެވެ.

އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދު އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ.
އެ ކުންފުނިން ވިއްކާ ތެލަކީ ކޮލެޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ ހުރިހާ އިންތިޒާމު ހުރިހާ ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ތެޔޮ ގަނެ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އެފްއެސްއެމް އިން ވަނީ އަރުވާފަ އެވެ.
ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކޮށް ވިއްކާ ކުންފުންޏެވެ. އެސްޓީއޯގެ ސަބްސިޑަރީ އެފްއެސްއެމް އަކީ ރާއްޖެތެރެއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ މައި ކުންފުންޏެވެ.
ގުޅުންހުރި

އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން: އެސްޓީއޯ ގްރޫޕުގެ ކުންފުންޏަކާއި ހަވާލުވި ފުރަތަމަ އަންހެން އެމްޑީ!
.jpg&w=3840&q=75)
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް،މަނީ ލޯންޑަރކުރަމުންދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

އެފްއެސްއެމްގެ އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާދީފި
