logoEN
cocacola
އިންގްލެންޑްގެ ގައުމީ ޓީމުގެ މެނޭޖަރު ކަމުން ގެރެތު ސައުތުގޭޓް އިސްތިއުފާ ދީފި

އިންގްލެންޑްގެ ގައުމީ ޓީމުގެ މެނޭޖަރު ކަމުން ގެރެތު ސައުތުގޭޓް އިސްތިއުފާ ދީފި

އަހުމަދު ޝުރާއު

logo

7/16/2024, 10:04:35 AM

# އިންގްލެންޑް

--

އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ގެރެތު ސައުތުގޭޓް އިސްތިއުފާ ދީފިއެވެ.

ގޮސިޔާ

ސައުތު ގޭޓު އިސްތިއުފާ ދީފައިމިވަނީ ޖެހިޖެހިގެން ދެ ވަނަ ޔޫރޯގެ ފައިނަލުން އިންގްލެންޑް ބަލިވުމުން އެނާއަށް ގިނަ ބަޔަކު ފާޑު ކިޔަމުން އައި ދަނޑިވަޅެއްގައި އެވެ. މިމަމަހުގެ 15 ވަނަ ދުވަހުގެ ރޭ ކުޅުނު ޔޯރޯގެ ފައިނަލްގައި އިންގްލޭންޑު ސްޕެއިން އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އެކްސްގައި އިންގްލެންޑްގެ ގައުމީ ޓީމުގެ އޮފިޝަލް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 102 މެޗާއި ގާތްގަނޑަކަށް އަށް އަހަރު ވަންދެން ކޯޗުކަމާ ހަވާލުވުމަށް ފަހު ގެރެތު ސައުތުގޭޓް އެޓީމުގެ މެނޭޖަރުގެ މަގާމު ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

އުމުރުން 53 އަހަރުގެ ސައުތުގޭޓް ތްރީ ލަޔަންސްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގެ އޯޓަމް މަހުގެ ތެރޭގަ އެވެ. އޭގެ ދެ އަހަރު ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އޭނާ ގެންގޮސްދީ އޭނާ ވެފައިވަނީ 1990 ވަނަ އަހަރު ބޮބީ ރޮބްސަންއަށް ފަހު އެކަން ކުރި އިންގްލެންޑްގެ ފުރަތަމަ މެނޭޖަރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ