އިންގްލޭންޑަށް ނުތަނަވަސްކަން ޖޭމްސް އަށް އަނިޔާވެ ވޯލްޑް ކަޕް ނުކުޅެވޭ
އަޙްމަދު ޖަމީލު
10/16/2022, 5:31:31 AM
1F150F0D-0E1F-4D40-9F63-8BFD3CAFD2C3
އިންގްލެންޑް އަދި ޗެލްސީގެ ވިންގް ބެކް ރީސް ޖޭމްސްއަށް އަނިޔާގެ ސަބަބުން އަށް ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ޗެލްސީން ބުނެފިއެވެ.
އުމުރުން 22 އަހަރުގެ ޖޭމްސް އަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އޭސީ މިލާން އަތުން 2-0 އިން ޗެލްސީ މޮޅުވި މެޗުގައެވެ. ކަކުލު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޖޭމްސްއަށް ވަނީ އެ މެޗްގެ ދެވަނަ ހާފް ކުޅެވޭގޮތް ނުވެފައެވެ.
ޗެލްސީން ބުނީ ޖޭމްސް އަށް ލިބުނު އަނިޔާ ކްލަބުން މެޑިކަލް ޓިީމްއިން އެސެސްކޮށްފައިވާ ކަމަށާއި، 8 ހަފުތާއަށް ކުޅުމާއި ދުރުގައި ޖޭމްސް މަޑުކުރަން ޖެހޭކަމަށް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި މުއްދަތަށް ބަލާއިރު، އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕްގައި ނުކުޅެވޭނެއެެވެ. އެއީ ގަތަރުގައި ނޮވެމްބަރ 20 ގައި ފަށަން ހަމަޖެހިފައިވާ ވޯލްޑް ކަޕަށް މިހާރު އޮތީ އެންމެ 5 ހަފުތާ ކަމަށްވާތީއެވެ.
އިންގްލެންޑްގެ ކަނާތު ބެކް ކައިލް ވޯކާ އާއި، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ވެސް މިހާރު ވަނީ އަނިޔާގެ ވޯލްކަޕް ކުޅެވޭނެ ކަމުގެ އުންމީދު ގެއްލިފައެވެ. ނަމަވެސްވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް އުއްމީދު އަދިވެސް ކުރާ ކަމަށް ވޯކާ ބުނެފައިވެއެެވެ. ވޯކާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ގްރޮއިން ސާޖަރީ އެއް ކޮށްފައެވެ.
ޖޭމްސް ގެ ބަދަލުގައި އިންގްލެންޑްގެ އެ މަގާމް ފުރަން ދެން ހުރި އަނެއް ވަރުގަދަ ކުޅުންތެރިޔަކީ ނިއުކާސަލްއަށް ކުޅެމުން އަންނަ ކީރަން ޓްރިޕިއާއެވެ.
ވޯލްޑް ކަޕްގެ ކެމްޕެއިން އިންގްލެންޑުން ފަށާނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އީރާނާ ދެކޮޅަށެވެ.