
ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޫ އިގިރޭސި ގައުމީ ޓީމަށް
# އިންގްލެންޑް# ކޮބީ މައިނޫ# މެންޗެސްޓާ ޔުނައިޓެޑްކޮބީ މައިނޫ ލީގު މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެނީ
ކުރިއަށް އޮތް އިންޓަނޭޝަނަލް ދެމެޗަށް އިގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް އެކުލަވާލި ސްކޮޑުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޫ ހިމަނައިފިއެވެ.

މާޗު 24 ވަނަ ދުވަހު ބުރެޒިލް އަދި 27 ވަނަ ދުވަހު ބެލްޖިއަމް އާއި ދެމޮޅަށް އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ ދެމެޗަށް އެކުލަވާލި ސްކޮޑުގައި އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ހިމަނާފައިވާ އިރު. އޭނާ އަންނަނީ މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަަމަ އެގާރައިން އާންމުކޮށް ޖާގަ ހޯދަމުންނެވެ.
އެގޮތުން މިސީޒަނުގައި މިހާތަނަށް އޭނާ ވަނީ ޔުނައިޓެޑަށް ކުޅެދިން 20 މެޗުގައި 2 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
ލީގުގައި ކޮންމެ ޓީމަކުން 28 މެޗު ކުޅެފައިވާއިރު މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ 47 ޕޮއިންޓާއެކު ލީގު ތާވަލުގެ 6 ވަނައިގައެވެ. އަދި އެތީމަށް ދެން އެންމެ އަވަހަށް އޮތީ މިމަހުގެ 31 ވަނަ ދުވަހު ރަށުން ބޭރުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅޭ މެޗެވެ
ގުޅުންހުރި

ވެމްބްލީގައި އިންގްލޭންޑް އަތުން ގްރީސްއަށް ތާރީޚީ މޮޅެއް

އިންގްލެންޑްގެ ގައުމީ ޓީމުގެ މެނޭޖަރު ކަމުން ގެރެތު ސައުތުގޭޓް އިސްތިއުފާ ދީފި
.jpg&w=3840&q=75)
ރަށުން ބޭރުގައި ބޯންމައުތު އަތުން ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ބުރޫނޯ ފެނާންޑޭޒް
