logoEN
cocacola
ކުރިންބީ ބަނދަރު މަޝްރޫއު: ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައި!

ކުރިންބީ ބަނދަރު މަޝްރޫއު: ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައި!

އަހުމަދު ޝުރާއު

logo

7/15/2024, 11:25:35 AM

# އެމްޓީސީސީ

--

ދ. ކުރިންބީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

ގޮސިޔާ

އެމްޓީސީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އަދާހަމަ މައުލޫމާތު މީޑިއާ ތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެމްޓީސީސީއިން ބުނީ އެމަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް ސައިޓުގައި މިހާރު ދަނީ ކުރިއަށް ކަމަށާއި އައު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 51 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 7,071 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 32,381 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އައު ބަނދަރު ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ޤާއިމުކުރުމާއި، 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 42.45 މިލިއަން ރުފިޔާއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ