logoEN
cocacola
އިންގްލޭންޑް ބަލިކޮށް ސްޕެއިން ހަތަރުވަނަ ފަހަރަށް ޔޫރަޕްގެ  ޗެންޕިއަންކަން ހޯދައިފި

އިންގްލޭންޑް ބަލިކޮށް ސްޕެއިން ހަތަރުވަނަ ފަހަރަށް ޔޫރަޕްގެ ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

7/14/2024, 9:16:41 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔޫރޯ 2024

ސްޕެއިންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ

ޖަރުމަނުގައި ކުރިއަށްދިޔަ ޔުއެފާ ޔޫރޯ 2024 ގެ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް އިންގްލޭންޑް 2-1 ގެ ނަތީޖާއަކުން ބަލިކޮށް މެޗަކުން ބަލިނުވެ ސަތޭކަ ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ސްޕެއިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ފުރާންސް ބަލިކުރުމަށްފަހު އެވެ. އަދި އިންގްލޭންޑް ފައިނަލުން ޖާގަ ހޯދީ ވާދަވެރި ކުޅުމަކަށްފަހު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ސްޕެއިން އެވެ. ނަމަވެސް މިހާފުގައި އިންގްލޭންޑްގެ ގޯލާއި އަމާޒުކޮށް އެޓީމަށް މާ ނުރައްކާތެރި އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މިހާފުގައި އިންގްލޭންޑް ޓީމުން ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ފިލް ފޮޑެން އަށެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ސްޕެއިންގެ ޕެނަލްޓީ އެރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ފޮޑެން ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު އުނައި ސިމޯން ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ފެށިގެން ދެވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ނިކޯ ވިލިއަމްސް އެވެ. މިއީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންއައި އެޓީމު ޒުވާން ފޯވާޑް ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ސްޕެއިންގެ ލަނޑަށްފަހު އެޓީމުން ވަނީ ގާތްގާތުގައި އިންގްލޭންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވަލާފައެވެ.

އިންގްލޭންޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާއެވެ. މިއީ އެޓީމުގެ ޖޫޑް ބެލިންހަމއ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސްޕެއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މިކޭލް އޮޔަރްޒަބަލް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު މަކް ކުކްރެލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާއެއްވަރުކުރުމަށް އިންގްލޭންޑްގެ ފޯވާޑް ޓޯނީގެ އިތުރުން މިޑްފީލްޑަރު ރައިސްއަށް ވެސް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މިއީ މިމުބާރާތުގެ ޗެންޕިއަންކަން ސްޕެއިނުން ހޯދި ހަތަރުވަނަ ފަހަރެވެ. މިއާއެކު އެޓީމު ވެގެން ގޮސްފައިވަނީ މިމުބާރާތުގެ އެންމެ ކާމިޔާބު ގައުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ