logoEN
cocacola
ވެމްކޯއިން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް އަމަލީ ގޮތުން ފަށައިފި

ވެމްކޯއިން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް އަމަލީ ގޮތުން ފަށައިފި

އަހުމަދު ޝުރާއު

logo

7/14/2024, 9:54:08 AM

# ވެމްކޯ

--

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) ގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ރިސޯޓްތަކުން ކުނި ނެގުމުގެ އަމަލީ ގޮތުން މިއަދު ފަށައިފި އެވެ.

ގޮސިޔާ

މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެދުވަހު ވެމްކޯގެ އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ވެމްކޯއިން ވަނީ ހިދުމަތް ހޯދުމަށް ފުރަތަމަ ރަޖިސްޓްރީކޮށް ހިދުމަތަށް އެދިފައިވާ ދެ ރިސޯޓަކާއި އެކު ސޮއިކޮށްފައި އެވެ.

އެގޮތުން ވެމްކޯއިން ސޮއިކޮށްފައިވަނީ ކޮރާ ކޮރާ މޯލްޑިވްސްއާއި، އަލީލާ ކޮތައިފަރާ ރިސޯޓާއި އެކުގައި އެވެ.

މިއަދު މިކަމަށް ޚާއްސަ ވެމްކޯގެ ޓީމުތަކުން ވަނީ އެރިސޯޓުތަކުން ކުނި ނެގުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައި އެވެ. މައުލޫމާތު ލިބޭގޮތުގައި މި ހިދުމަތަށް ވެމްކޯއިން ވަނީ ޚާއްސަ ޓީމެއް އެކުލަވާލާފައި އެވެ.

View post on Twitter

ވެމްކޯއިން ބުނީ އެކުންުފުނިން ރިސޯޓް ވޭސްޓް ކަލެކްޝަންގެ ޙިދުމަތް އިފްތިތާހުކުރީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން، މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދިނުމުގެ ޚިދުމަތްދޭނެކަމަށެވެ.

ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވައިދުގައިވާގޮތުންނަމަ، ރިސޯޓްތަކުން ކުނި ނަގަންވާނީ ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި، މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހުގަ އެވެ. އަދި މިހަމަތަކުގެ މަތީން ކުނި ވަކިކުރުމުން، ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ