logoEN
cocacola
"އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ވެމްކޯއަކީ ސެލްފް ސަފިޝެންޓު ކުންފުންޏަކަށް ހެދުން "

"އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ވެމްކޯއަކީ ސެލްފް ސަފިޝެންޓު ކުންފުންޏަކަށް ހެދުން "

އަހުމަދު ޝުރާއު

logo

9/4/2024, 4:29:30 PM

# ވެމްކޯ

--

އަންނަ އަހަރުގެ މެދާއި ހަމައަށް ވެމްކޯއަކީ ސެލްފު ސަފިޝެންޓު ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މުޖުތަބާ މިފަދައިން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޖުތަބާ ވިދާޅުވީ ވެމްކޯގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށާއި ގައުމުގެ ހުރިހާ ސެކްޓާރއެއްގެ ކުންޏާއި ގުޅޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުންފުނީން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހިދުމަތްތަކާއި އެކު ކުންފުނީގެ މާލީ ހާލަތަށްވެސް ރަނގަޅު ބޮޑެތި ބަދަލުތަކެއް އަންނާނޭ ކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ މިހާރު ފަށާފައިވާ ފޮޅާ ސާފު ކުރުމުގެ މަސައްކަތާއި ރެސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތުން އެކުންފުންޏަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

މުޖުތަބާ ވިދާޅުވީ މިހާރު ފަށާފައިވާ ފޮޅާ ސާފުކުރުމުގެ މަސައްކަތުގައި 6 ކުންފުންޏަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި މިހާރު އިތުރު ކުންފުނިތަކާއިވެސް މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. އަދި މި ހިދުމަތުން ލިބޭ އާމްދަނީ އިނީޝިއަލް ސްޓޭޖުގައި ނުވަތަ ކުރީކޮޅުގައި 7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތްވެސް ފުޅާކުރުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދެވޭ ކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ މެދާއި ހަމައަށް ދާއިރު ރާއްޖޭގެ 50 އިންސައްތަ ރެސޯޓުތަކުން ވެމްކޯގެ ކުނި މެނޭޖްކުރުމުގެ ހިދުމަތް ހޯދުން ކަމަށެވެ. އަދި އެހިދުމަތުގެ ތެރެއިން ވެސް 15-17 މިލިއަން ރުފިޔާއާއި ދެމެދުގެ އާމްދަނީއެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

މި ހިދުމަތްތަކާއި އަދިވެސް ވެމްކޯގެ އޮޕަރޭޝަން އިތުރަށް ފުޅާވެ ކުންފުނީގެ އަމާޒަކީ ސަރުކާރަށް ބަރޯސާ ނުވެ ކުންފުނީގެ ކަންކަން މެނޭޖްކުރުން ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ އަންނަ އަހަރުގެ މެދާއި ހަމައަށް ދާއިރު ވެމްކޯއަކީ ސެލްފް ސަފިޝެންޓު ނުވަތަ އަމިއްލަ ފައިމައްޗަށް ތެދުވެވިފައި އޮތް ކުންފުންޏަކަށް ހެދުމަށް. ކުންފުނީގެ ހަރަދުތައް ކުންފުނިން މެނޭޖު ކުރެވޭނެ ހިސާބަށް ގެންދިޔުމަށް" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވެމްކޯއާއި ހަވާލުވިއިރު އެކުންފުނިން ދެމުންދިޔައީ މާލެ ސަރަހައްދާއި އައްޑޫ އަދި ފުވައްމުލައް ސިޓީގެ ކުނި ނެގުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް މުޖުތަބާގެ ލީޑަރޝިޕްގެ ދަށުން މިހާރު އެކުންފުނިން ވަނީ ތިނަދޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގެ އިތުރުން މާފުށީގައި ވެސް ހިދުމަތް ފަށާފައި އެވެ. އަދި ހޮބާގެ ނަމުގައި ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށައި 6 ކުންފުންޏަކަށް މިހާރުވެސް އެހިދުމަތް ދެމުން އަންނަ އިރު ބައެއް ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތްވެސް ދެމުންނެވެ. ކުރިޔަށް އޮތް ހަފްތާގައި އިތުރު ރިސޯޓުތަކުން ކުނި ނެގުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެދާނެ ކަމަށް މުޖުތަބާ ވަނީ ރޭގެ ޕްރޮގްރާމުގައި ހާމަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ