logoEN
cocacola
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

7/14/2024, 7:43:40 AM

# އެމެރިކާ

--

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕް އަވާހަރަކޮށްލުމަށް ހަމަލާދީފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ. އެގޮތުން މި ހަމަލާގައި ވަޒަން އަރާފައިވަނީ ޓްރަމްޕުުގެ ކަންފަތަށެވެ.

އެގޮތުން ލައިވްކޮށް ދައްކަމުން ދިޔަ އިވެންޓުގެ ވީޑީއޯތަކުން ފެންނަ ގޮތުގައި ޓްރަމްޕުގެ ކަންފަތުން ކޮންމެވެސް ވަރަކަށް ލޭ އައި މަންޒަރު ވަނީ ފެނިގެން ގޮސްފައި އެވެ.

އެގައުމުގެ ރިޔާސީ އިންތިހާބުގައިވެސް މިއަހަރު ވާދަކުރައްވާ ޓްރަމްޕުގެ ކެމްޕެއިން އޮފީހުން ބުނެފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީއެއްގައި ފަރުވާ ހޯދަމުންދާ ޓްރަމްޕްގެ ހާލު ރަނގަޅެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ޓްރަމްޕު އެފެސިލިޓީއިން ދޫކޮށްލާނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕަށް ބަޑިން ހަމަލާދިން މީހާ ވަނީ މިހާރު މަރާލާފައި އެވެ. އަދި މި ހަމަލާގައި ރެލީގައި ބައިވެރިވި އާންމު މީހަކުވެސް މަރުވެފައިވާ ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ