
އަނަންތު އަމްބާނީގެ ކައިވެނީގެ ހަފަލާގައި ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި, ހުންނެވީ ވަރަށް ނަލަކޮށް!
# ރައީސް ނަޝީދު--
ގަރުނުގެ ބޮޑު ކައިވެނީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިކަލުންގެ ކައިވެނީގެ ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

މުކޭޝްގެ ދަރިކަލުން އަނަންތު އަމްބާނީ އާއި ރަދިކާގެ ކައިވެންޏަކީ މިފަހުގެ ތާރީހެއްގައި ދުނިޔޭގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ އަގުބޮޑުވެސް ކައިވެންޏެވެ. އަނަންތު އާއި ރަދިކާގެ ކައިވެނީގެ މައި ހަފްލާ ކުރިޔަށް ދިޔައީ ރޭ އިންޑިއާގެ މުމްބާއީގައި ހުންނަ އަމްބާނީ އާއިލާގެ އެންމެ ބޮޑު އެއް ކޮންވެމްޝަން ސެންޓަރު ކަމަށްވާ ޖިއޯ ކޮންވެންޝަން ސެންޓަރުގައި އެވެ.
މި ހަފްލާއަށް ދުނިޔޭގެ ހުރިޙާ މީޑިއާއެއްގެ ސަމާލުކަން ހުއްޓިފައިވާއިރު މި ކައިވެންޏަކީ މިހާތަނަށް ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން ސިޔާސީ ފަރާތްތަކާއި , ކުޅިވަރު ޝަހުސިއްޔަތުތަކާއި ފިލްމީ އަދި މިއުޒިކީ ފަންނާނުންނާއި އެހެނިހެންވެސް ބޮޑެތި " ސެލިބްރިޓީން " ބައިވެރިވި އެއް ހަފްލާއެވެ.
މި ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށްވެސް ވަނީ ލިބިގެން ގޮސްފައި އެވެ. މައުލޫމާތު ލިބޭގޮތުގައި މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި ދިވެއްސަކީ ނަޝީދު އެވެ. ނަމަވެސް ނަޝީދުގެ އިތުރުންވެސް ދެތިން ބޭފުޅަކަށް ކައިވެނީގެ ހަފްލާގެ ދައުވަތު ލިބިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފައި އެވެ.
ނަޝީދު ރޭގެ ހަފްލާގައި ބައިވެރިވެވަޑައިގެންނެނީ އިންޑިއާގެ ސަގާފީ ހެދުމެއް ތުރުކުރައްވައިގެންނެވެ. އެގޮތުން ނަޝީދު ހުންނެވީ އެގައުމުގެ ރަސްމީ ހެދުމެއްގައި އެވެ.
ރޭގެ ހަލްސާގައި ބައިވެރިވި ބޭރުގެ ސިޔާސީ ލީޑަރުންގެ ތެރޭގައި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ޓޯނީ ބްލެއާ އާއި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓީވަން ހާޕާ ހިމެނިވަޑައިގަންނަވަ އެވެ.
ގުޅުންހުރި

ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!

އަނަންތު އަމްބާނީގެ ކައިވެނީގެ ހަފަލާގައި ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި, ހުންނެވީ ވަރަށް ނަލަކޮށް!

ރައީސް ސޯލިހާއި ރައީސް ނަޝީދު އެއް ގަލަކަށް އަރަން އެއްބަސް!
