logoEN
PNC TOP 3
 500 މިލިއަން ޑޮޅަރުގެ ސުކޫކު ދައްކާ ހަލާސްކުރުމުން ނަޝީދުގެ ތައުރީފް ސަރުކާރަށް!

500 މިލިއަން ޑޮޅަރުގެ ސުކޫކު ދައްކާ ހަލާސްކުރުމުން ނަޝީދުގެ ތައުރީފް ސަރުކާރަށް!

އަހުމަދު ޝުރާއު

logo

4/2/2026, 3:59:00 PM

# ރައީސް ނަޝީދު

-

2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދިވެހި ސަރުކާރުން ދައްކައި ޚަލާސްކުރުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ތައުރީފްކުރައްވައިފި އެވެ.

PNC MID 2

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ ބޭނުންކޮށްފައެވެ. ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

މިކަމަށް އިޝާރާތްކުރައްވައި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން އިތުރު ދަރަނި ނުނަގައި ސުކޫކް ބޮންޑު ފުރިހަމައަށް އަނބުރާ ދައްކާ ހަލާސްކުރުމާއި ވަރަށް ހިތްވަރުގަދަ ކަމެއް ކަމަށެވެ.

View post on Twitter

2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ. ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ. ނަމަވެސް 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ވަނީ ފަށާފައެވެ.

އެގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސް.ޑީ.އެފް އަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ތަންފީޒުކުރި އެއް ސިޔާސަތެވެ. މީގެ އިތުރުން، އެސް.ޑީ.އެފް އަށް ޖަމާކުރާ އެއަރޕޯޓް ތަރައްގީ ކުރުމަށް ނެގޭ ފީ ގެ ރޭޓު ވަނީ، 2024 ވަނަ އަހަރު ބޮޑުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އެއަރޕޯޓުން ދަތުރުކުރާ ދިވެހި ފަސިންޖަރުންނަށް އަސަރު ނުކުރާނެ ގޮތަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC