logoEN
WAMCO TOP 1
ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް ކުރާ މުޒާހަރާއަށް މިރޭ ނަޝީދު ނުކުމެވަޑައިގަންނަވަނީ

ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް ކުރާ މުޒާހަރާއަށް މިރޭ ނަޝީދު ނުކުމެވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

5/13/2026, 10:51:20 AM

# ރައީސް ނަޝީދު

-

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ މާލޭގައި ބާއްވާ އިހްތިޖާޖެއްގައި ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

THE TRAVELLER AD

ނަޝީދު މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ހައްޔަރު ކުރުމާއި ދެކޮޅަށް ކުރާ އިހްތިޖާޖަށް މިރޭ ވީހާވެސް ގިނަ ބަޔަކު ނުކުމެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނުވެސް މިރޭ އެ އިހްތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ވެސް ވަނީ ހާމަކުރައްވާފައި އެވެ.

"އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާން އަދި ލީވާން އަލީ ނަސީރު ކޯޓުގެ ހުރުމަތްކެޑިކަން ސާބިތުވެ އިއްޔެ ވަނީ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ވަކިވަކިން ބެލި މި ދެމައްސަލައިގައި، ލީވާން އަލީ ނަސީރުއަށް ވަނީ 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ނޫސްވެރިޔާ މުހައްމަދު ޝަހްޒާންއަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި ދެ ނޫސްވެރިންނަށްވެސް ހުކުމްކޮށްފައިވަނީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަކް ކޯޓުން އިއްޔެ ނެރުނު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެވެ.

މިއާއިއެކު ނޫސްވެރިންނާއި އާންމުން ރޭ ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެރިކަން ކުރާ މާލޭގައި ފަށާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC