
ރިޔާސީ ޕްރައިމެރީގައި ނަޝީދުގެ ތާއީދު ފައްޔާޒުއަށް: ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ
# ރައީސް ނަޝީދު-
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ބާއްވާ ރިޔާސީ ޕްރައިމެރީގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމެވި ނިންމެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައީދުކުރައްވައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ފައްޔާޒު އާއި ނަޝީދު އެކުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ފައްޔާޒު ވަނީ އެމްޑީޕީއާއި ރާއްޖޭއަށް ގެންނަވަން ބޭފުޅުވާ އިސްލާހީ ބަދަލުތަކުގެ ޕްރެސެންޓޭޝަނެއްވެސް ހުށަހަޅުއްވާފައި އެވެ.
"ބޮޑު ބަދަލު" ނަމުގައި މިއަދު ރައީސް ނަޝީދާއި ފައްޔާޒު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ފައްޔާޒް ގެންނަން ތާއީދު ކުރައްވާ ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވީ މިއަދު އޭނާ އިއުލާންކުރެއްވި އިސްލާހީ ބަދަލުތައް ހަގީގަތަކަށް ހެދުމުގެގޮތުން ކަމަށެވެ.
އަދި އެ ބަދަލުތައް ގެނައުމަށް މަގުފަހިކުރުމުގެގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ރިޔާސީ ޕްރައިމެރީގައި ނަޝީދުގެ ތާއީދު ފައްޔާޒުއަށް: ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ

500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމުން ނަޝީދުގެ ތައުރީފް ސަރުކާރަށް!

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!




