
-
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 މެއި 08 ވަނަ ދުވަހުގެ ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން އަނިޔާވި މީހާގެ ސީދާ ވަނަވަރު ހާމަނުކޮށް ފުލުހުން ބުނީ އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
ނަމަވެސް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާގޮތުގައި މި ހަމަލާގައި އަނިޔާވެގެން ފަރުވާދެމުން ދަނީ ކުރީގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލުކަން ކުރައްވާ ނާޒިމް ސައްތާރު އެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވާއިރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

ސޯލިހުގެ މަރުހަބާ ނަޝީދުއަށް: "ކުރަން ހުރި ސިޔާސީ މަސައްކަތް ވަރަށް ގިނަ، ދެން އޮތީ އެންމެން އެކީ ކުރިއަށް ދިއުން"

ކާމިޔާބީއަށްފަހު ނަޝީދު: މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި އިޞްލާޙީ މަސައްކަތްތަކަށް ލިބުނު ބޮޑު މޮޅެއް!

ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް ކުރާ މުޒާހަރާއަށް މިރޭ ނަޝީދު ނުކުމެވަޑައިގަންނަވަނީ




