logoEN
cocacola
ހިޒްބުالله އިން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާއެއްދީފި

ހިޒްބުالله އިން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާއެއްދީފި

އަހުމަދު ޝުރާއު

logo

7/12/2024, 4:24:30 PM

# ހިޒްބުالله

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާއެއްދީފި އެވެ.

ގޮސިޔާ

ހަތިޔާރު އެޅި ލުބްނާނުގެ ޖަމާއަތުން ބުނީ އިސްރާއީލުގެ އުތުރުގެ ހަނީތާ އާބާދީގެ އަސްކަރީ ސައިޓެއް ކައިރީގައި އިޒްރޭލު ސިފައިންގެ ބަޔަކަށް ހަމަލާ ދީފައިވާ ކަމަށެވެެ.

ޓެލެގްރާމްގައި އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާ ދީފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު ސިފައިން ފޯޓިފިކޭޝަނާއި ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ނަމަވެސް އެ ހަމަލާގައި މަރުވީ ކިތަށް ޔަހޫދީ ސިފައިންކަމެއް އަދި މިހާތަނަށް ހިޒްބުالله އިންވެސް އަދި ޔަހޫދީ އަސްކަރިއްޔާއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލާ ދެކޮޅަށް ދޭ ހަމަލާތަކަކީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްޖަމާއަތަށް ތާއީދުކުރާ ހަމަލާތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله މި ހަފުތާގައި ވިދާޅުވީ ފަލަސްތީނުގެ އެންކްލޭވްގައި ހަނގުރާމަ ހުއްޓާލައިފިނަމަ އެ ޖަމާއަތުން ހުރިހާ ހަނގުރާމައެއް ހުއްޓާލާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ