
ފައިސަލް
ރާއްޖޭގައި މިވަގުތު އޮތް ބޮޑު ދަރަންޏަށް މިސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށާއި އެމަނިކުފާނާއި މާލީ ވަޒީރު އަދި އެމަނިކުފާނު އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލް ގުޅިގެން ކުރައްވާ މަސައްކަތުން ޤައުމު ބަނގުރޫޓުވިޔަ ނުދެއްވާނެ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ހޯދައިދީ، ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ދައްކައި އެކަމަށް ހައްލު ހޯދައިދެއްވާނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރ ފައިސަލްއަކީ ރާއްޖޭގެ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރެކެވެ.
ފައިސަލް ވަނީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރަމުން އަންނަ ބައެއް މަސައްކަތްކަށްވެސް އަލިއަޅުއްވާލައްވާފައި އެވެ. އެގޮތުން ފައިސަލް ވަނީ އައްޑޫއަށް ޗައިނާގެ ސަރަހައްދުތަކުން ސީދާ ދަތުރުތައް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން އަންކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން މި ދަތުރުތައް ފެށިގެން ދިޔުމާއި އެކު އައްޑޫއަށާއި ދެކުނުގެ ދެން އޮތް 3 އަތޮޅަށް އެކަމުގެ މަންފާ ވަރަށް ބޮޑަށް ލިބި އިގްތިސޯދަށް ރަނގަޅު އަސަރުތަކެއް ކުރާނެކަން ފައިސަލް ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

މިނިސްޓަރ ފައިސަލް އިންޑިއާގެ ޓުއަރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި

ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯއަށް މިނިސްޓަރ ފައިސަލް އިންޑިއާއަށް!

މިސަރުކާރުން ރާއްޖެ ބަނގުރޫޓުވިޔަ ނުދޭނެ - ފައިސަލް
