logoEN
cocacola
ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯއަށް މިނިސްޓަރ ފައިސަލް އިންޑިއާއަށް!

ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯއަށް މިނިސްޓަރ ފައިސަލް އިންޑިއާއަށް!

އަހުމަދު ޝުރާއު

logo

7/29/2024, 5:32:42 PM

# އިބްރާހިމް ފައިސަލް# ރާއްޖެ-އިންޑިއާ

--

އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ ޚާއްސަ ރޯޑް ޝޯއަކަށް ޓުއަރިޒަމް މިނިސްޓަރ އިބްރާޙިމް ފައިސަލް އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފި އެވެ.

ގޮސިޔާ

ޓުއަރިޒަމް މިނިސްޓްރީން ބުނީ "ވެލްކަމް އިންޑިއާ" ގެ ނަމުގައި ބާއްވާ މި ރޯޑްޝޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި 30 އިން އޮގަސްޓް 3 އާއި ހަމައަށް އިންޑިޔާގެ ދިއްލީ ، މުމްބައި އަދި ބެންގަލޫރުގައި ކަމަށެވެ.

މި ރޯޑްޝޯ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނާއި ގުޅިގެންނެވެ.

މިނިސްޓްރީއިން ބުނާ ގޮތުގައި މި ރޯޑްޝޯގެ މައިގަނޑު މަޤްޞަދަކީ އިންޑިޔާގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް އަދި ޕްރޮމޯޓުކުރުމާއި، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން ރާއްޖެއަށް އިންޑިޔާއިން ދަތުރުކުރާ އެއާލައިން އިތުރުކުރުމަށްޓަކައި އެމިނިސްޓްރީއިން އިންޑިއާގެ ކަމާ ގުޅުންހުރި ފަރާރްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ އެންމެ ބޮޑު ތިން ސިޓީގައި ބާއްވާ މި ރޯޑްޝޯވްގައި އެމްއެމްޕީއާރްސީ، މަޓާޓޯ އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޖުލައި މަހުގެ 28 ގެ ނިޔަލަށް އިންޑިއާގެ 71,012 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ